ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސުޕަމާޓްގެ ނަމުގައި "ފޭކް" ޕްރޮމޯޝަނެއް ކުރިއަށް ގެންދާތީ ސަމާލުވާން އެ ކުންފުނިން އެދިއްޖެ އެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ނަމުގައި އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.

އެ ކުންފުނިން ބުނީ ކަސްޓަމަރުންނަށް އިނާމު ލިބޭފަދަ އޮންލައިން ޕްރޮމޯޝަންތައް ކުރިއަށް ގެންދާނީ ހަމައެކަނި އެސްޓީއޯގެ އޮފިޝަލް ޕޭޖުގައި ކަމަށެވެ.

އަދި ޕްރޮމޯޝަނެއްގައި ބައިވެރިވެ، އިނާމެއް ހަވާލު ކުރުމަށް އަބަދުވެސް ގުޅާނީ އެ ކުންފުނީގެ ކޯލް ސެންޓަރު، 1422 އިން އެކަނި ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނި ތަކާއި އަމިއްލަ މީހުންގެ ބައެއް ވިޔަފާރިތަކުގެ ނަމުގައި މިފަދަ "ފްރޯޑް ކޯލް"ތައް އަންނަނީ އިތުރުވަމުންނެވެ. އެކަމަށް ސަމާލު ވުމަށް ހުރިހާ ފަރާތްތަކުންވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.