ފުވައްމުލަކު ސިޓީގައި ޑައިވިނަށް ފޭބި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ. ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެގޮތުން ޚަބަރެއް ނުވެގެން ހޯދަމުންދާ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 15:45 ހާއިރު އެވެ.