ރާއްޖެއިން ކޮވިޑް ޖެހިގެން 77 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 46 ވަނަ މީހާއެވެ.

އެޗްޕީއޭ އިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 2:09 ހާއިރު މަރުވެފައިވާ ކަމަށެވެ.

ފަހަކަށް އައިސް ކައިރިކައިރީގައި ކޮވިޑް ޖެހިގެން މަރުވާ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް އެއީ އެ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެވޭނެ ކަމެއް ނޫން ކަމަށް ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.

ކޮވިޑަށް ފަރުވާ ކުރެވޭނެ ސީދާ ބޭހެއް މިހާތަނަށް ހޯދިފައެއް ނުވެއެެވެ. އަދި ކޮވިޑުން ސަލާމަތްވުމަށްޓަކައި ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ. އެގޮތުން ބައެއް ވެކްސިންތައް ކާމިޔާބުވެ އަންނަ އަހަރުގެ ތެރޭގައި ބާޒާރަށް ނެރެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.