ތާލިބާނުގެ ސަރުކާރުން އަފިހުންގެ ދަނޑުވެރިކަން ކުރުން މަނާކަމށް ކަނޑައެޅިނަމަވެސް އަފްޣާނިސްތާންގައި މިކަން އަދިވެސް ބަރާބަރަށް ހިނގަމުން ދެއެވެ. ރަށްފުސށުގެ ސަރަހައްދުގައި ތަކުގައި ހަނަފަސް ބިމުގައި ފެންނަ ދަނޑުތަކުން އަފިހޫންގެ ދަނޑުވެރިކަން އަދިވެސް ބަރާބަރަށް ކުރިއަށް ދާތަން ފެންނަ ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓެއްގައިވެސް ބުނެއެވެ.

އަފްޣާނިސްތާނަކީ އަފިހޫން އުފައްދާ ދުނިޔޭގެ މައި މަރުކަޒެވެ. ދުނިޔޭގެ އަފިހޫން ބޭނުންކުރާ މީހުންގެ 80 ޕަސެންޓް ސަޕްލައި ކުރާނެ ކަމަށް އަންދާޒާ ކުރެވެނީ އަފްޣާނިސްތާނުންނެވެ.

ވޮޝިންޓަން ޕޯސްޓުން ބުނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މެތު ޑްރަގަށް ޑިމާންޑް މަތިވަމުން އަންނަ އިރު އަފްޣާނިސްތާންގައި ހަލުއި ކަމާއެކު މި ބާވަތް އުފެއްދުން އިތުރު ވެފައި ވާ ކަމަށެވެ. އަދި އަފްޣާނިސްތާނަކީ ދުނިޔޭގެ އެންމެ ބޮޑު މަސްނޫއީ ޑްރަގް މެތުގެ މަރުކަޒަށްވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.