ކ. މަފުއްޓަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފިއެވެ
އެޗްޕީއޭ އިން ބުނީ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެރަށުގައި އުޅުނު ފަތުރުވެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރަންވެގެން ހެދި ޓެސްޓުންނެވެ.
މާފުށީގައި ދިވެހި ފިރިހެނަކު ކޮޓަރިއެއްގެ ތެރޭގައި ފަތުރުވެރިޔަކާ ގައިގޯޅިވެ އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ވީޑިއޯގައި ފެންނަ ދިވެހި މީހާ ގިނަ ބަޔަކާ ކޮންޓެކްޓްވެފައިވާ ކަމަށް ބުނެ ރަށުގެ ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
މާފުށި މޮނިޓަރިންގެ ހާލަތަށް ގެނައުމާއެކު އެރަށުގެ ގެސްޓު ހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމުގެ އަސަރު ކުރާނެއެވެ.