މީގެ އަހަރެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން މާލޭގައި ނުރައްކާތެރި ހަމަލާއެއް ދިން މީހުންނަނަށް އަބަދުބީ އެކަމަށް އިންސާފު ހޯދައި ދެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މެއި 6، 2021 ގައި ދިން ހަމަލާ އަށް މިއަދު އަހަރެއްވުމާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަމަލާގައި ނަޝީދު ސަލާމަތްވުމަކީ ވެސް ޝުކުރުކުރައްވާ ކަމަށެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އެއްޗެއް ގޮއްވާލައިގެން ކުރީގެ ރައީސަށް ދިން ހަމަލާ އަކީ ދިވެހިން ސިއްސުވާލި ހާދިސާއެކެވެ.

ނަޝީދަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މެއި 6 ގެ ހާދިސާގެ މަތިން މިއަދު ހަނދާން އާކުރެއްވި އިރު، ނަޝިދު އާއިލާ އިން އިއްޔެ ވަނީ އިންސާފު ނުލިބޭ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި އެ ހަމަލާދިން މީހުންނާއި އެކަމުގައި އެކި ގޮތްގޮތުން ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން އެކަށީގެންވާ މަސައްކަތްތަކެއް ކަމާ ބެހޭ ފަރާތްތަޖުން ނުކުރެ އެވެ. މިކަމާ ހެދި ނަޝީދުގެ ފުރާނަ އަށް އޮތް ނުރައްކަލާ ހެދި، އެ މަނިކުފާނުގެ ސިޔާދީ މަސައްކަތްތަކަށް ވެސް ބުރޫއަރާފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.