މާލޭ ސިޓީކައުންސިލްގެ ވިލިމާލެ މެމްބަރު ނަުހުލާ އަލީއާއި އޭނާގެ މަންމަ ޕީޕީއެމްއިން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ނަހުލާގެ ދެމައިން ޕީޕީއެމްއިން ވަކިކުރަން ނިންމީ ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް ޢާއްމު ތަންތަނުގައާއި ސޯޝަލްމީޑިއާގައި ދޮގު ވާހަކަ ފަތުރާކަމަށް ތުހުމަތުކޮށެވެ. އަދި ކުރިއަށް އޮތް، މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލޭ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓަށް އެންޓި-ކެމްޕެއިންކުރުމައި އެމްއެންޕީގެ ކެންޑިޑޭޓަށް ތާޢީދުކުރާކަމުގެ ތުހުމަތުވެސް ނަހުލާގެ މައްޗަށް ކުރެއެވެ. އޭނާގެ މަންމަ އާމިނަތު ލީލާ މިކަމުގައި އޭނާއާ ބައިވެރިވާކަމަށް ޕީޕީއެމްއިން ތުހުމަތުކުރެއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ދޮގު ވާހަކަތައް ފަތުރައި ޕީޕީއެމްއަށް ގެއްލުންވާގޮތަށް މަސައްކަތްކުރާކަމުގެ ތުހުމަތުވެސް އެޕާޓީން ނަހުލާގެމައްޗަށް ކުރެއެވެ.