ގޫގުލް ތަރުޖަމާކުރާން އަލަށް އިތުރުކުރެވުނު 24 ބަހުގެތެރޭގައި ދިވެހި ބަސް ހިމަނައިފިއެވެ. އެހެންކަމުން މިއަދަކީ ދިވެބަހަށް އުފާވެރި ފަހިދުވަހެކެވެ. ބަހަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެކެވެ.

ގޫގުލް ތަރުޖަމާގައި ދިވެބަސް އިތުރުކޮށްފައިވާކަމަށް އިޢުލާނުށްފައިވަނީ އައިއޯ 2022 ގެ ކޮންފަރެންސްގައެވެ. ގޫގުލް އިން ހާމަކުރިގޮތުގއި އަލަށް އިތުރުކުރި 24 ބަހުންވާހަކަދައްކާ 300 މިލިޔަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެއެވެ. ދިވެހިބަހުން ވާހަކަދައްކާކަމަށް ގޫގުލް އިން ލަފާކުރަނީ 3 ލައްކަ މީހުނެވެ.

އަލަށް އިތުރުކުރި 24 ބަހާއެކު ގޫގުލް އިން ތަރުޖަމާކުރާ ބަސްތަކުގެ ޢަދަދު 133 އަށް އަރައިފިއެވެ. މި ޚިދުމަތް އިތުރުކުރުމަށްޓަކައި އަދިވެސް ގިނަ މަސައްކަތްތައް ކުރަންޖެހިފައިވާކަމަށް ގޫގުލް އިން ބުނެއެވެ. މިގޮތުން އަދިވެސް ގޫގުލްސްގެ ތަރުޖަމާގައި ދުނިޔޭގައި ބޭނުނުންކުރާ 700 ބަސް ހިމެނޭކަމަށް ގޫގުލް އިން ބުނެއެވެ.

މިއަދު މި ޚިދުމަތް އާންމު ކުރިނަމަވެސް ގޫގުލް ބޭނުންކުރާ އެންމެންނަށް އަދި މި ޚިދިމަތް ނުލިބޭނެކަމަށް ވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަލަށް ހިމެނުނު ބަސްތަކުން ތަރުޖަމާ ކުރުމަށް އަދި ދުވަސްތަކެއް ނަގާނެކަމަށް ގޫގުލް އިން ބުނެއެވެ.

ގޫގުލް ތަރުޖަމާގައި ދިވެހިބަސް ހިމެނުމަކީ ދިވެހީންނަށާއި ދިވެހި ބަހަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ. މިކަން ކާމިޔާބު މިވީ ވަރަށްގިނަ ޚިދުމަތްތެރީންގެ މަސައްކަތުންނެވެ. ދިވެހިބަހަސްދެކެ ލޯބިވާ، ބަސް ކުރިއަރުވަން މަސައްކަތްކުރާ ޚިދުމަތްތެރީންގެ އަގުހުރި މަސައްކަތްތަކުގެ ނަތީޖާއެވެ.