އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

އެ އޮފީހުން މި ފުރުސަތު ހުޅުވާލެއްވީ އީސީގެ މެމްބަރު އަދި ނާއިބު ރައީސް އަޙުމަދު އަކުރަމް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުންނެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ނޮވެންބަރު 30 އަދި އަންނަ ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދު އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.