މޯލްޑިވުސް ސާފު އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިއަހަރު ބާއްވާ ޤައުމީ ރާޅާ އެޅުމުގެ ދެވަނަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މިއަދު ހެނދުނު 9.30 ގައި ފަށައިފިއެވެ.

ރާޅާ އެޅުމުގެ މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި ސާފު އެސޯސިއޭޝަން ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެއްކަމުގައި މޯލްޑިވްސް ސާފް އެސޯސިއޭޝަނުން މައުލޫމާތު ދެއްވިއެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުަތަކުން ތަފާތު އެކި އުމުރުފުރައިން ހުނަރުވެރީން ވާދަކުރެއެވެ.

މިއަދުންފެށިގެން މި މަހުގެ 18 ވަނަ ދުހުގެ ނިޔަލަށް ކުރިއަށްދާ، މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ.

ސާފް އެސޯސިއޭޝަނުން މައުލޫމާތުދެއްވިގޮތުގައި މި މުބާރާތް ބާއްވާ މުލީކޮޅުގައި އޮންނަ (އެފް ވަން) ރާޅުގަނޑަކީ ރާއްޖޭގައި އެންމެ ރީތި ރާޅު އުފެދޭ އެއް ސަރަޙައްދެއެވެ.