ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔޫއޭއީއަށް ފުރާވަޑައިގަންނަވައިފި އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ހުކުރު ދުވަހު އަވަހާރަވި އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑަރު ޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަރްޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި، އެ ޢާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސްގެ މި ދަތުރު ނިންމަވާލައްވައި އެނބުރި މާލެ ވަޑައިގައިގަންނަވާނީ މާދަމަ އެވެ.