މިދިޔަ ހަފުތާގައި ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މި މަހުގެ 31 އާ ހަމައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ ކަދުރު ބެހުމުގެ މަސައްކަތް ހޯމަ ދުވަހު ފެށުމާ ގުޅިގެން އެ ބެހުން ކުރިއަށް ގެންދާ ގޮތާ ބެހޭ ގޮތުން މިނިސްޓްރީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ސައުދީން ލިބުނު 25،000 ޕެކެޓް ކަދުރު ބަހާނީ މި އަހަރު ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓްގެ މަގުން ކަމަށެވެ.

އެގޮތުން ފަގީރުންނަށް ކަދުރު ބެހުމަށް ފަހު ބާކީ ހުރި ބައި ބަހާނީ އެންމެ ފުރަތަމަ ކަދުރު ބަލައި އަންނަ ފަރާތްތަކަށް އިސްކަން ދީގެންނެވެ. އެގޮތުން މާލެ އާއި އައްޑު އާއި ކުޅުދުށީގެ އިތުރުން ފުވައްމުލައް ސިޓީގައި ކަދުރު ބަހާނީ ކަދުރު ހޯދަން އަވަށު އޮފީސްތަކަށް ދާ ތަރުތީބުން ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށް ފަހު، ކޮންމެ ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރެވެ. އަދި ކަދުރު ބެހުމުގައި ހުރިހާ ރަށަކުން ވެސް ފަގީރުންނަށް އިސްކަން ދޭނެ ޖެހޭނެ އެވެ.

މިނިސްޓްރީން ބުނީ ކަދުރު ބެހުން ކުރިއަށް ދާނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ.