ފުލުހުންގެ ހިދުމަތާ ގުޅެން ބޭނުންވާ އައްޑޫގެ ޒުވާނުންނަށް "އޯޕަން ޑޭ" އެއް ބާއްވަން ނިންމައިފި އެވެ.

މި އޯޕަންޑޭ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި މެންދުރު ފަހު 3:00 އިން 6:00 އާ ހަމައަށެވެ.

އޯޕަންޑޭގައި ފުލުހުންގެ މަސައްކަތުގެ ދާއިރާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭނެ އެވެ. އޭގެތެރޭގައި އޮޕަރޭޝަނަލް ދާއިރާ، ފޮރެންސިކް، އިންވެސްޓިގޭޝަން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިން، އެކައުންޓިން އެންޑް ފައިނޭންސް އަދި އިންފްރާސްޓްރަކްޗާ އެންޑް ޕްރޮޖެކްޓު މެނޭޖްމެންޓް ހިމެނެ އެވެ.

ފުލުހުން ބުނީ އޯލެވެލް ފުރިހަމަކޮށްފައިވާނަމަ އޯޕަންޑޭގައި ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ވަޒީފާ އަށް ކުރިމަތިލާން އައިޑީ ކާޑު އަދި ތައުލީމީ ސެޓްފިކެޓްތައް ބޭނުންވާނެ އެވެ.