އެމްޓީސީސީ ދިވެހި ސާފް ލީގު 2022 ގެ ދެވަނަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއަ ގުރޫޕުން ޗެންޕިއަންކަން ހޯދީ ޝާނިފް ޝަފީގެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ނިމުނު ފައިނަލް ހީޓްގައި ޝާނިފް ޗެންޕިއަންކަން ހޯދީ ޖުމާން މުޙައްމަދާ ބައްދަލުކޮށް 14.43 ޕޮއިންޓް ހޯދައިގެންނެވެ.

ރަނައަޕް އަށް ދިޔަ ޖުމާން މުޙައްމަދަށް ލިބުނީ 11.54 ޕޮއިންޓެވެ.

ދިވެހި ސާފް ލީގް މިއަހަރުގެ 2 ވަނަ ރާޅާ އެޅުމުގެ މުބާރާތުގެ ޖޫނިއަ ގްރޫޕްގައި 16 މެންބަރުން ބައިވެރިވިއެވެ.

"މުލީކޮޅު ރާޅުގަނޑު" ގެ ނަމުގައި މި މުބާރާތް ފެށީ މި މަހުގެ 14 ވަނަ ދުވަހުއެވެ. މި މުބާރަތުގެ ފިރިހެނުންގެ އޯޕަން ގުރޫޕުން ފައިނަލަށް ދިޔައީ އަހުމަދު އާގިލް އާއި ނަޖާހު މުޙައްމަދެވެ.

"މުލީކޮޅު ރާޅުގަނޑު" ގެ 18 އަހަރުންދަށުގެ ޗެންޕިއަންކަން ހޯދި ޝާނިފް ޝަފީގަކީ، މި މުބާރާތް ކުރިއަށްދާ މުއްޔަށް ނިސްބަތްވާ އެތްލީޓެކެވެ.

ދިވެހި ސާފް ލީގްގެ 5 މުބާރާތް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މުބާރާތް އޮތީ ގދ. ގައްދޫގައެވެ. ދެވަނަ މުބާރާތް މުލީގައި ކުރިއަށްދާއިރު ތިންވަނަ މުބާރާތް އޮންނަނީ ރ. ކިނޮޅޮހުގައި އަންނަ ޖުލައި މަހުގަ އެވެ.