ސަހްޔޫނީ އިޒްރޭލުން ލުބްނާނަށް ދެމުން އަންނަ ހަމަލާތަކުގައި 275 މީހުުން ޝަހީދު ކޮށްލައިފިއެވެ.

އިޒްރޭލުގެ ހަމަލާތަކުގައި 21 ކުޑަކުދިންނާއި 39 އަންހެނުން އަދި ސިއްހީ 3 އޮފިޝަލުން ޝަހީދުވި ކަމަށް ލުބްނާނުގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާއިން ބުނެފައި ވަނީ ލުބްނާނުގެ 800 ތަނަކަށް ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ހަމަލާދީފައިވާނެ ކަމަށެވެ.

އަނެއްކޮޅުން ލުބްނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ގެންދަނީ އިޒްރޭލަށް މިސައިލުންނާއި ރޮކެޓުން ހަމަލާ ދިނުމަށް މަސައްކަތް ކުރަމުންނެވެ. ހިޒްބުﷲ އިން އިޒްރޭލުގެ ވެރިރަށް ތެލްއަވީވުގެ ބެން ގުއިރެން އިންޓަނޭޝަނަލް އެއަރޕޯޓަށް ފޮނުވާލަން މަސައްކަތް ކުރި ހަމަލާތަކުގެ ބިރަށް ބައެއް ފްލައިޓުތައް ވަނީ ލޭންޑް ނުކުރެވި އެތައް އިރެއް ވައިގެ ތެރޭގައި ހޭދަކުރަން ޖެހިފައެވެ. މީގެ އިތުރުން ބައެއް ފްލައިޓުތައް ސަލާމަތީ ސަބަބުތަކަށްޓަކައި ލޭންޑް ކުރީ ސައިޕްރަސްއަށެވެ.