އެމްޓީސީސީ ދިވެހި ސާފް ލީގް 2022 ގެ ދެވަނަ މުބާރާތް "މުލީކޮޅު ރާޅުގަނޑު" މެންސް އޯޕަން-ޝޮޓް ބޯޑްގެ ޗެންޕިއަންކަން ހޯދީ އަހުމަދު އާގިލް އެވެ.

އާގިލް ފައިނަލްގައި ބައްދަލުކުރީ ނަޖާހު މުޙައްމަދާއެވެ. މި ހީޓުގައި އާގިލް މޮޅުވީ 13.67 ޕޮއިންޓް ލިބިގެނެވެ. ރަނައަޕް އަށް ދިޔަ ނަޖާހުއަށް ލިބުނީ 9.24 އެވެ.

ޗެންޕިއަންކަން ހޯދި އަހުމަދު އާގިލް އަކީ މި މުބާރާތުގައި ކ. ތުލުސްދޫއިން ބައިވެރިވި އެތުލީޓެކެވެ. އޭނާ ފައިނަލަށް ދިޔައީ ސެމީ ފައިނަލްގައި ގައުމީ ޗެންޕިއަން ހޫދު އަހުމަދު ބަލިކޮށްފައެވެ.

މިއަދު ނިމުނު މި މުބާރާތުގެ ޖޫނިއަ ބައިން ޗެންޕިއަންކަން ހޯދީ ޝާނިފް ޝަފީގެވެ.

"މުލީކޮޅު ރާޅުގގަނޑު" ގެ ނަމުގައި މޯލްޑިވްސް ސާފް އެސޯސިއޭޝަނުން ބޭއްވި ރާޅާ އެޅުމުގެ މި މުބާރާތް ފެށުނީ މިމަހު 14 ވަނަ ދުވަހު . މުލީގައެވެ.