މާލެ ފަޅުތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ 58 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ، މާލޭ ފަޅުތެރޭ މޫދަށް ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް ފުލުހުންނަށް ހެނދުނު ލިބިފައިވާ ކަަމަށެވެ. އަދި، އެ މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަ އެއް ނުކުރެ އެވެ.