ރިސޯޓެއްގެ އިމާރާތަކުން ވެއްޓި ޒުވާނަކު މަރުވެއްޖެ އެވެ.

ރ. އަތޮޅުގައި ހިންގާ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގެ އިމާރާތަކުން ވެއްޓި މަރުވީ ފުވައްމުލަކަށް ނިސްބަތްވާ ޒައިދު އިބްރާހީމް، 28 އެވެ. އެނގިފައިވާ ގޮތުގައި އޭނާ ރޭގެ ދަންވަރު 1:50 އެހާކަށްހާ އިރު އޭނާ ވެއްޓުނީ ސްޓާފް ބާގެ ހަތަރު ވަނަ ބުރިންނެވެ.

އެ ހާދިސާއާ ގުޅިގެން އޭނާ ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ. ނަމަވެސް މި ހާދިސާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި ޒައިދަކީ ކައިވެނިކޮށް، ދެ ދަރިން ވެސް ތިބި ޒުވާނެކެވެ. އޭނާ މަރުވި މައްސަލައާ ބެހޭ ގޮތުން ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގައި ދިޔަ ގޮތް ބަލަމުން އަންނަ ކަމަށެވެ.