މާލޭގައި ގޭސް ފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ މާފަންނު އުނިގަސް މަގުގައި ހުރި ގެއެއްގައި ގޭސްފުޅިއެއް ގޮވައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި، އެހެންނަމަވެސް ބޮޑު އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.