ކުރިއަށް އޮތް ޖޫން މަހު ފެށޭ ހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލް ދޫކޮށްލަން ސެނަގާލްގެ ބައިނަލްއަގުވާނީ ފޯވާޑް ސަޑިއޯ މާނޭ ނިންމައިފިއެވެ.

ބަޔާން މިޔުނިކަށް ބަދަލުވުމަށް އަޑުތައް ފެތުރިފައިވާ މަނޭއަށް އިތުރު ކްލަބަކުން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާއިރު، ލިވަޕޫލްއާއެކު މާނޭ މިހާރު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ޖޫންމަހު ހަމަވާނެއެވެ. މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި އިތުރު އެއްއަހަރަށް މާނޭގެ ކޮންޓްރެކްޓް އާކުރަން ލިވަޕޫލްއިން ބޭނުންވެއެވެ. އެކަމަކު ކޮންޓްރެކްޓާއިމެދު މާނޭ ހިތްހަމަ ނުޖެހި ކްލަބު ދޫކޮށްލަން ނިންމީއެވެ.

މާނޭ، ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރުގެ ޖޫންމަހު 34 މިލިޔަން ޑޮލަރުގެ ޓްރާންސްފީއަކަށް 5 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މާނޭއަކީ ލިވަޕޫލްގެ ކޯޗްކަމާ ޔާގެން ކްލޮޕް ހަވާލުވުމަށްފަހު ކްލަބު ވަރުގަދަ ކުރުމަށް ގެނައި އެންމެ މުހިއްމު އެއްކުޅުންތެރިޔާއެވެ. ތިރީސް އަހަރަށްފަހު ލިވަޕޫލްއިން 2020 ވަނަ އަހަރު އިނގިރޭސި ޕްރިިއަރ ލީގް ކާމިޔާބު ކުރިއިރު މާނޭ ވަނީ މުހިއްމު ލަނޑުތަކެއް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން މިފަހަރު ޗެމްޕިއަންސް ލީގް ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމަށާއި އިނގިރޭސި ލީގަށް އެންމެފަހު ވަގުތާ ހަމައަށް ލިވަޕޫލް ވާދަކުރުމުގައި މާނޭގެ ދައުރު ބޮޑެވެ.