ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމާ ގުޅޭ ގޮތުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯއެންފޯސްމަންޓާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ކޮލެޖްގގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ރެކްޓަ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ނީޒާ އިމާދެވެ.
މި އެމްއޯޔޫގެ ދަށުން ސެކިއުރިޓީ ދާއިރާގައި މިިހާރު ވެސް ހަރަކާތްތެރިވާ ސެކިއުރިޓީ އޮފިސަރުންނާއި އެ ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ސެކިއުރިޓީ ދާއިރާ އަށް ހާއްސަކޮށްގެން ސެކިއުރިޓީ އޮފިސާސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. އަދި އެ ދާއިރާއާ ގުޅުން ހުރި އިތުރު ތަމްރީނު ޕްރޮގްރާމުތައް ހިންގުމާއި ސެކިއުރިޓީ ދާއިރާ އިތުރަށް ހަރުދަނާކޮށް، ޕްރޮފެޝަނަލް ކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވެ އެވެ.