އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯރޓް އެސޯސިއޭޝަން (އަޔާޓާ)ގެ އޮތަރައިޒްޑް ޓްރެއިނިންގ ސެންޓަރަކަށް ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކޮލެޖް ކަމަށްވާ އެވިޑް ކޮލެޖް މިއަދު ހަމަޖެހިއްޖެއެވެ. މިކަން ހަމަޖައްސެވުމަށްފަހު އެވިޑް ކޮލެޖަށް ސެޓިފައިޑް ލިޔުން ޙަވާލުކޮށްދެއްވެވީ ސައުތު އޭޝިޔާ ރީޖަންއަށް "އަޔާޓާ" އިން ކަނޑައަޅުއްވާފައިވާ ރީޖަނަލް ޓްރެއިނިންގ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ މިސްޓަރ ލޮކޭޝް މައްޓާއެވެ. މިކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ފަރާތުން ސެޓްފިކެޓާއި ހަވާލުވެލެއްވެވީ ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.