ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ތެރެއިން 500 މެމްބަރޝިޕް ފޯމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމުން މިހާރުވެސް ގެންދަނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސއްކަތް ކުރަމުންނެވެ. މިއަދު 500 ފޯމް ހުށަހެޅިޔަސް ހުށަނާޅާ އިތުރު ފޯމްތަކެއް ވެސް އެބަހުއްޓެވެ. އެ ފޯމްތައް ވެސް ލަސްތަކެއްނުވެ އެ ޕާޓީން އީސީއަށް ހުށަހަޅާނެއެވެ. 15 ފެބުރުވަރީ 2022ގެ ނިޔަލަށް ޕާޓީގައި މެންބަރުން ތިބި އަދަދަކީ 34368 އެވެ.

ޕީޕީއެމަކީ ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެތެރެއިން ދެވަނައަށް އެންމެ މެމްބަރުންގިނަ ޕާޓީއެވެ. އެޕާޓީން މިހާރު އެންމެ ވަރުގަދައަށް ކުރިއަށް ގެންދާ ސިޔާސީ ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއަށް ފޮނުވާލުމަށް ހިންގާ "އިންޑިއާ އައުޓު" ކެންޕޭނެވެ.