ހދ. ފިނޭގައި އެމްޓީސީސީން ހަޓެއް އަޅައިފިއެވެ، މިއީ ފިނޭގައި ޤާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޚާނާވެސް ހިމެނެއެވެ. މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެއް ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.