ހުޅުމާލޭގައި ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ޚިތާނީ ކޭމްޕް 2022" އަށް ނަންނޯޓު ކުރުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ހުޅުފައިފިއެވެ. ޖުލައި 16 އާ ހަމައަށް ނަންނޯޓު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން ފަންސަވީސް ވަނަ ދުވަހުން ފެށިގެން އޯގަސްޓް އެއްވަނަ ދުވަހަށެވެ. މި މުއްދަތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް މި ކެމްޕޭން ކުރިއަށް ގެންދާނެއެވެ.

ޚިތާނީ ކޭމްޕޫގައި ޕެކޭޖެއްގެ އަގަކީ އާސަންދައިން ކެނޑުމަށްފަހު 4000 ރުފިޔާ ކަމަށް އެ ހޮސްޕިޓަލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.