ޑިޖިޓަލް ރާއްޖެއެއް ތަރައްގީ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.

ރާއްޖެއަށް ދިހަ މިލިޔަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންމާފައިވާކަން ވޯލްޑް ބޭންކުން ހާމަކުރީ މިއަދު ނެރުނު ބަޔާނެއްގައެވެ. ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައި ވަނީ ހިލޭ އެހީ އަމާޒު ކުރެވިފައި ވަނީ ބްރޯޑް ބޭންޑް އިންޓަނެޓުގައި ވާދަވެރިކަން އިތުރު ކުރުމަށާއި ޑިޖިޓަލް ޓެކްނޮލީތަކާއި އޮންލައިން ހިދުމަތްތަކުގެ ރައްކާތެރިކަން އިތުރު ކުރުމަށާއި ޑާޓާ އަދި އެނެލިޓިކްސް ތަރައްގީ ކުރުމަށް އެހީ ތެރިވުމަށް ކަމަށެވެ.

ވޯލްޑް ބޭންކުގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެފައި އޮތްނަމަވެސް ރަށްރަށުގައި އިންޓަނެޓް ހިދުމަތް ލިބުމުގައި ގޮންޖެހުންތައް ހުރިކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތްތައް ރާއްކާތެރިކަމާއެކު ހޯދުމުގައި ގޮންޖެހުންތައް ހުރި ކަމަށެވެ.

ޑިޖިޓަލް ރާއްޖެއެށް ތަރައްގީ ކުރުމަށް ރާއްޖެއިން ފަށާފައިވާ މަސައްކަތުގައި މިއަހަރު ފަހުކޮޅު ޑިޖިޓަލް އައިޑީކާޑް ހެދުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.