އެމްޓީސީސީއާއި މޯލްޑިވްސް ޕޮލިސް ސަރިވިސް ގު ޅިގެން އެމްޓީސީސީގެ ޢާއްމު ބަސް ދަތުރުފަތުރުގެ ޚިދުމަތުގައި ޝާމިލުވާ ބަސްޑްރައިވަރުންނާއި ކޮންޑަކްޓަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއިގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.
މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވާނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޕޮލިހުގެ މުދައްބިރުންނެވެ.
މި ސިލްސިލާ ޕްރޮގްރާމްގައި އެމްޓީސީސީގެ 150 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ އެއްގަމު ދަތުރުފަތުރު އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މަޤްސަދަކީ އެމްޓީސީސީގެ ޢާއްމު ބަސް ދަތުރުފަތުރުގެ ޚިދުމަތުގައި މަސައްކަތްކުރާ ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއްދޭ ބައެއްގެ ގޮތުގައި ތަމްރީންވެގެންދިޔުމެވެ.
އެމްޓީސީސީން އެއްގަމުދަތުރުފަތުރުގެ ޚިދުމަތް ދިނުމުގައި އަބަދުވެސް އެންމެ އިސްކަންދެނީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރި ކަމަށެވެ.