ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ގްރޮއިން ޖެހުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޓީސީސީން ބުުނެފިއެވެ.

އެކުންފުުނީން ބުނީ މި މަޝްރޫޢުގެ ދަށުން، 336 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢަކީ 11.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެ އިތުރުން ހދ. ކުމުންދޫގައި ޤާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައްވެސް 1 ޖޫން 2022 ވަނަ ދުވަހު ފަށައިފައިވާ ކަމަށް އެކުންފުނީން ބުނެފައިވެއެވެ.

މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާޙަނާވެސް ހުންނާނެއެވެ. މި ފެރީ ސްޓޮޕްއަކީ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ޤާއިމުކުރެވޭ ފެރީސްޓޮޕެކެވެ.