ސްރީލަންކާގައި ދަނޑުވެރިކަމުގެ މޫސުމް ފެށިފައި ވުމާއެކު މި މޫސުމަށް އެގައުމަށް ފާޓިލައިޒަރގެ މުހިންމުކަން އިންތިހާއަށް ބޮޑުވެފައި ވެއެވެ. އިންޑިއާ އިން ދަނީ، ލަންކާއަށް 55 މިލިއަން ޑޮލަރުގެ އަގުހުރި ފާޓިލައިޒާ ސަޕްލައި ކުރުމަށް ޕްރޮޕޯސަލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ސްރީލަންކާގައި މިހާރު ގަސް އިންދާ ޔާލާ ސީޒަނާ ގުޅިގެން ދަނޑުވެރިންގެ ގްރޫޕަކާ އެކު މިދިޔަ ހަފުތާގައި ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެ ފަރާތްޕުޅުން ފަރޓިލައިޒަރ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން ސާމާނު ލިބިގެން ކޮލަމްބޯއަށް ގެންދާތާ 20 ދުވަހުގެ ތެރޭގައި ބަހާނެ ކަމަށެވެ. އިންޑިއާ ސަރުކާރުން ލަންކާއިން ހުށަހަޅާފައިވާ ފަޓިލައިޒަރ ޕްރޮޕޯސަލްއަށް މަސައްކަތް ކުރަމުން އަންނަ އިރު އިންޑިއާއިން ގެންދަނީ އެތެރޭގެ އެޕްރޫވަލްތައް ފައިނަލް ކުރަމުންނެވެ.
ސްރީލަންކާގެ ދަނޑުވެރިކަމުގެ އުފެއްދުމަށް އެއްވެސް ކަހަލަ ބުރުލެއް އެރިއަ ނުދިނުމަށް އެގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަމާޒު ހިފާފައި ވެއެވެ. މިހާރު ގަސްއިންދާ ޔާލާ މޫސުމަކީ މެއި މަހާއި އޮގަސްޓް މަހާ ދެމެދު ލަންކާގައި ދަނޑުވެރިކަމުގެ މުހިންމުސީޒަނެކެވެ.ސްރީލަންކާއިން ވަނީ އޯގަނިކް ދަނޑުވެރިކަމާ ދިމާއަށް މިސްރާބު ޖަހާފައެވެ.
ސްރީލަންކާ ސަރުކާރުން މިދިޔަ އަހަރު ވަނީ ކެމިކަލް ގެ ބާވަތްތައް މަނާކޮށްފައެވެ. އޯގަނިކް ފާޓީލައިޒާގެ އެކަށީގެންވާ ސަޕްލައި ނުލިބުމުގެ ސަބަބުން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް، އަސަރުކޮށް، ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި ވެއެވެ.
ސްރީލަންކާ ރައީސް ވަނީ ކެމިކަލް ފަޓިލައިޒާ 100% އަށް މަނާކުރި ކުރުމަކީ ގޯސް ނިންމުމެއް ކަމަށް ވިދާޅުވެފައެވެ. މިދިޔަ އަހަރު އިންޑިއާއިން ދެ ފަހަރެއްގެ މަތިން ލަންކާގެ ދަނޑުވެރިންނަށް އޯގަނިކް ފާޓިލައިޒާ ސަޕްލައި ކޮށްދީފައި ވެއެވެ. ޗައިނާއިން އެތެރެ ކުރި ފާޓިލައިޒާ ހުރީ ގަޑުބަޑުކޮށްފައެވެ. ނަމަވެސް ސްރީލަންކާއަށް ބޮޑު އަދަދުން އެއަށް ބަދަލު ދޭން ޖެހުމަކީވެސް ބޭރުފައިސާއަށް ދަތިވެގެން ދިޔަ އެއް ސަބަބެވެ.