ރާއްޖޭގައިހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާ ބެހޭ މުހިންމު މައުލޫމާތުތަކެއް ނޫސްވެރީންނަށް ދިނުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނޫސްވެރީންނާ ބައްދަލުކުރަން ނިންމައިފިއެވެ.

މި ބައްދަލުވުމުގައި ޕާޓީތަކުގެ މެންބަރޝިޕާއި ދަފްތަރުކުރުމާއި ސިޔާސި ޕާޓީތަކާއި ގުޅުންހުރި މަސައްކަތްތަކުގެ މުހިއްމު މަޢުލޫމާތު ނޫސްވެރިންނަށް ހިއްސާކުރާނެ ކަމަށް އީސީން ބުނެފައިވެއެވެ.

މި ބައްދަލުވުން އޮންނާނީ މާދަމާރޭ 8:00 ގައި އީސީގެ 03ވަނަ ފަންގިފިލާގެ ކޮންފެރެންސް ރޫމްގައެވެ.