"އެސްޓްރަބޮން އެކްސްޕޯ" އެކްސްޕޯ މިއަދު ފަށައިފިއެވެ. މި އެކްސްޕޯ ފަށްޓަވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ. މިއީ ރިސޯޓު ސަޕްލައި ދާއިރާއަށާއި އެފް އެންޑް ބީ ދާއިރާއަށް ޚާއްސަ ކޮށްގެން ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ކުރިއަށްދާނީ ޖޫން 7 އިން 9 އަށެވެ. އެކްސްޕޯ ބާއްވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގެ ފުރަތަމަ ފަންގިފިލާގައެވެ. މިއީ އެސްޓްރަބޮން ކުންފުނިން ބާއްވާ އެކްޕޯއެކެވެ. މި އެކްސްޕޯގައި ފެނިގެންދާނީ އެސްޓްރަބޮންއިން ރާއްޖެއަށް ސަޕްލައިކުރާ އެކިއެކު ކުންފުނިތަކުގެ އުފެއްދުންތަކެވެ. އޭގެތެރޭގައި ޖަރުމަނުވިލާތާއި ސްޕެއިނާއި އިޓަލީވިލާތުގެ ކުންފުނިތަކުގެ އުފެއްދުންތައް ހިމެނެއެވެ. މިއީ މީގެ ދެ އަހަރުކުރިން ބާއްވަން މަސައްކަތްކުރި އެކްސްޕޯއެކެވެ. އެހެނަސް ކޮވިޑާ ހެދި ލަސްވެގެންދިޔައީއެވެ.