ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމާލައިފި ކަމަށް އެމަސައްކަތްކުރި އެމްޓީސީސީން ބުނެފިއެވެ.

މި މަސައްކަތަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާ ހަވާލުކުރި މަސައްކަތެކެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރު މާޗް މަހު 30 ވަނަ ދުވަހުއެވެ. މި މަޝްރޫއުއަކީ 10.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނެފައިިވާ ގޮތުގައި މި މަސައްކަތް ނިންމާފައިވަނީ މިއަހަރު މެއި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި, 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާފައިވެއެވެ. އޭގެ އިތުރުން ފަތާ ސަރަހައްދެއްގެ ގޮތުގައި 560 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 25 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހާފައިވެއެވެ.