ވ. ރަކީދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްއޮތް ހަފްތާތެރޭގައި ނިންމާލެވޭނޭ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ މި މަސައްކަތުގެ ދަށުން 1283 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރަކީދޫގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމި ކަރަންޓުދޭން ފެށުމުން އެރަށުގެ ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއަކީ ޚިދުމަތުގައި 70 އަހަރުގެ ދިގު ތާރީޚެއް އޮތް ދިވެހި ކުންފުންޏެކެވެ.