އއ. ފެރިދޫ އިންޖީނުގޭ ފުރާޅުގައި ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

އެކުންފުނީން ވިދާޅުވެފައިވަނީ މިއީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ހަކަތަ އުފެއްދުމުގައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި، އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. ސްޓެލްކޯއިން ގެންދަވަނީ އިތުރު އިންޖީނުގެތަކުގެ ފުުރާޅުގައި ސޯލާ ހަރުުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަސައްކަތުގެ ސަބަބުން ތެލަށްކުރާ ޚަރަދު ކުޑަވެ އެހެން ކަންކަމަށް ފައިސާ ބާކީކޮށްލެވޭނެއެވެ. ސްޓެލްކޯއަކީ ދިިވެހި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހަތްދިހައަހަރުގެ ތަޖުރިބާ ލިބިފައިިވާ ވަރުގަދަ ކުންފުންޏެކެވެ.

އެކުންފުނީގެ މިހާރުގެ އެމްޑީ އަހުމަދު ޝަރީފްގެ މާލިމީކަމުގެ ދަށުން އެކުންފުނީން ގެންދަނީީ އިތުރު ކުރިއެރުންތަކެއް ހޯދަމުންނެވެ.