ރާއްޖޭގެ ޤައުމީ ޝިޕިން ލައިން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އެންމެ ބޮޑު ކޮންޓެއިނަރ ބޯޓް "އެމްއެސްއެސް ކްރޮމް" މުދަލާއެކު އައި ފުރަތަމަ ދަތުރުގައި މާލެއަށް ބަނދަރުކޮށްފިއެވެ.

މިދަތުރުގައި މިބޯޓުން ގެނައީ ރާއްޖޭގެ އެކިއެކި މަޝްރުޢުތަކަށް ގެނައި ކޮންސްޓްރަކްޝަން ސާމާނެވެ. މިބޯޓަކީ މިފަދަ މުދާ އެތެރެކުރުމަށް އެމްއެސްއެސްއިން ގަނެފައިވާ ބަލްކް ކެރިއަރ ބޯޓެކެވެ. މިއީ ދިވެހި ދިދަ ނެގި އެންމެ ބޮޑު ކަނޑު ބޯޓެވެ.

މިއަދު މުދަލާއެކު ފުރަތަމަ ދަތުރުގައި މި ބޯޓު މާލެއަށް ބަނދަރުކުރުމުން އެކަން ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ އެބޯޓަށް ވޯޓަރ ސެލިއުޓެއް ދީފައެވެ.