ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ ދުރު ރާސްތާއަށް ދަތުރުކުރާ ބެލިސްޓިކް މިސައިލް އަގްނީ-4 ކާމިޔާބުކަމާއެކު އިންޑިއާއިން ޓެސްޓްކޮށްފިއެވެ.އޮޑީޝާގެ އޭޕީޖޭ އަބްދުލް ކަލާމް އައިލެންޑުން މިއަދު 19:30 ހާއިރު ދުރު ރާސްތާއަށް ދަތުރުކުރާ ބެލިސްޓިކް މިސައިލް އަގްނީ-4 ކާމިޔާބު ކަމާއެކު ލޯންޗު ކުރެވުނުކަން އިންޑިއާގެ ޑިފެންސް މިނިސްޓްރީން އިއުލާން ކުރިއެވެ. މި މިސައިލްގެ ލޯންޗްކުރުމުގެ ހުރިހާ އޮޕަރޭޝަނަލް ކަންތައްތަކެއް އެދެވޭ ގޮތަށް ގޮސސްފައިވާ ކަމަށާއި މުޅި ނިޒާމަށް އިތުބާރު އޮތްކަމަށްވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.