އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ފުލުހުން ވަނީ އެ ސްޓޭޓްގެ ބޮޑްލޯން ޕްރޮވިންސްގެ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި ހުރި ޒުވާން މުސްލިމަކަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދެ ފުލުހަކު ހައްޔަރުކޮށްފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.
އިންޑިއާގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ޒުވާން މުސްލިމަކު ހޮސްޕިޓަލުގެ އެނދުމަތީގައި ވޭނުގައި އުޅޭ މަންޒަރު ފެނިފައިވާ ވީޑިއޯއެއ ވައިރަލްވެފައި ވެއެވެ. ހަސްފަތާލުން ޑޮކްޓަރު މައުލޫމާތު ދިން ގޮތުގައި އެ ޒުވާނާގެ ހަޑިގަނޑުން ފެންނަ ޑިސްއޯޑާއަކީ ގަދަކަމުން އަނިޔާ ކުރުމުގެ ސަބަބުން އޭނާގެ ނާރުތަކުގެ ނިޒާމަށް ކޮށްފައިވާ އަސަރުތަކުގެ ޑިސްއޯޑަރއެކެވެ.
ނޫސްތަކުން ބުނެފައި ވަނީ އެ ޒުވާނާއަށް ފަސް އޮފިސަރުން އަނިޔާ ކުރި ކަމަށެވެ. އަދި އޭނާގެ ހައްސާސް ގުނަވަނެއްގައި ޓީޒަރު ޖެއްސިކަމަށްވެސް ފުލުހުންނަށް ތުހުމަތު ކޮށްފައި ވެއެވެ.
މުސްލިމް ޕޮލިޓީޝަނުންނާއި އިންޑިއާގެ ޕާލަމެންޓް މެމްބަރު އަސަދުއްދީން އުވައިސީ ވަނީ ފުލުހުންގެ އަނިޔާތައް ކުށްވެރި ކުރައްވާފައެވެ. އުއްތަރް ޕްރަދޭޝްގެ ގަވަރުނަރު ޔޯގީ އަދީތުނާތު އަށް ފޮނުއްވި ސިޓީގައި އުވައިސީ ވިދާޅުވީ އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމުގެ ހަރަދު ސަރުކާރުން އުފުލަން ޖެހޭނެ ކަމަށާއި އަދި ވީ އެންމެ އަވަހަކަށް އޭނާއަށް ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށެވެ.