އިރާގްގެ ކުރީގެ ރައީސް ސައްދާމް ޙުސެއިންއާއި ބައަސް ޕާޓީއަށް ތައުރީފުކުރުމުގެ ކުށުގައި ދެ މީހަކު ހައްޔަރުކުރިކަން އިރާގުގެ ނޭޝަނަލް ސެކިއުރިޓީ ސާވިސް އިން ހާމަކޮށްފިއެވެ. މި ދެމީހުން ވަނީ ސައްދާމަށާއި ބައަސް ޕާޓީއަށް ތައުރީފް ކޮށް ޅެންތައް ހަދާފައެވެ. މިމީހުންގެ ޅެންތައް މީސްމީޑިއާގައި ވަރަލްވެފައި ވެއެވެ.

އިރާގްގައި ދިރިއުޅުން ދަތިވަމުން ދިއުމުން ރައްޔިތުން ދަނީ ސައްދާމުގެ ވެރިކަމުގެ ހަނދާންތައް އާލާކުރަން ފަށާފައެވެ. ނަޖަފް ޕްރޮވިންސްގެ އަލް މަޝްޚާބު ސިޓީގައި ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، ސަރުކާރާ ދެކޮޅަށް އިހުތިޖާޖުކޮށް ފެނުގެ ދަތިކަމާއި އިތުރު ޚިދުމަތްތަކަށް ޑިމާންޑް ކޮށްފައި ވެއެވެ. މި ހަމަނުޖެހުމުގެ ތެރޭގައި މި ދެމީހުން ހަދާފައިވާ ޅެންތައް ވަނީ ވައިރަލް ވެގެން ގޮސްފައެވެ.

މަޝްޚާބުގައި މި ދެމީހުން ހަހައްޔަރު ކުރުމުން މީސް މީޑިއާގައި ސަރުކާރާ ދެކޮޅަށް ފާޑު ކިޔުން އިތުރު ވެފައި ވެއެވެ. ބައެއް މީހުން ބުނެފައިވަނީ މި ރޭޓުން ދާ ކަމުގައިވާނަމަ ސަލާމަތީ ބާރުތަކުން އިރާގްގެ ގިނަ ރައްޔިތުން ހައްޔަރު ކުރާނެ ކަމަށެވެ.