ސްރީލަންކާގެ ހެލްތު މިނިސްޓްރީން ވަނީ އެގައުމުގައި މިހާރު އަމަލު ކުރަމުންދާ ކޮވިޑް-19 އާ ގުޅޭ ބައެއް ގަވައިދުތަކަށް ބަދަލު ގެނެސްފަ އެވެ. އެ މިނިސްޓްރީން ނެރުނު ސާކިއުލާއެއް ގައި ބުނީ މާސްކް އެޅުމަކީ މިހާރު މަޖުބޫރު ކަމެއް ނޫން ކަމަށެވެ. އަދި ކޮވިޑް-19 ޕީސީއާރު ޓެސްޓް/ ރެޕިޑް އެންޓިޖެން ޓެސްޓް ހެދުން ހުއްޓާލާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ސާކިއުލާގައިވާ ގޮތުން އިސްލާހު ކޮށްފައިވާ ގަވާއިދަށް އަމަލު ކުރަން ފަށާނީ މާދަމާ 10 ޖޫން 2022 އިންނެވެ.