ޔޫރަޕުން ފެނުނު އެއްގަމުގެ އެންމެ ބޮޑު ޑައިނަސޯ ވައިޓް އައިލެންޑުން ފެނިއްޖެއެވެ.

ވައިޓް އައިލެންޑުން ފެނުނު މި ޑައިނަސޯއަކީ ދެފައިމައްޗަށް ކޯޅަށް ތެދުވެ، ދުވާ، ކިނބުލެއްގޮތަށް ތުން ހުންނަ ޖަނަވާރެއްކަމަށް ޔުނިވަރސިޓީ އޮފް ސަމްޓަމްގެ ސައިނސްވެރިން ބުނެއެވެ.

މިއީ 32 ފޫޓަށްވުރެ ދިގު އަދި އެތައްޓަނެއް ބަރުދަނުގައި ހުންނަ ޑައިނަސޯއެއްކަމަށް ދިރާސާވެރިން ލަފާކުރެއެވެ. މިވައްތަރުގެ ޑައިނަސޯއަށް ކިޔާއުޅެނީ "ސްޕައިރޯ ސައުރިޑް ޑައިނަސޯ" އެވެ.

މިވައްތަރުގެ ޑައިނަސޯ ދުނިޔޭގައި އުޅުނުކަމަށް ބެލެވެނީ މީގެ 125 މިލިޔަން އަހަރު ކުރީގައިކަމަށް ލަފާކުރެއެވެ.

މިދިރާސާ، އިސްކޮށް ކުރިއަށްގެންދާ ޕީއެޗްޑީ ދަރިވަރެއް ކަމުގައިވާ ކްރިސް ބޭކް ބުނީ މިހާތަނަށް ފެނިފައިވަނީ މި ޑައިނަސޯގެ ޅިނދު ކަށިތަކާއި ނަގޫ ކަށިތަކެވެ. އަދި ފެނުނު ކަށިތަކުން ސިފަކުރެވޭގޮތުގައި މއީ ޔޫރަޕްގައި އުޅުނު ޝިކާރަކުރާ އެންމެ ބޮޑު ޑައިނަސޯގެ ވައްތަރަށްވުން އެކަށީގެންވެއެވެ.