ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިއަހަރުގެ އެއިޑްސް ދުވަސް ފާހަގަކުރަން ހަމަޖެހިފައިވަނީ ވާރޗުއަލްކޮށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ދުނިޔޭގެ އޭޑްސް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހެވެ. މިއަހަރުގެ އޭޑްސް ދުވަހުގެ ޝިއާރަކީ "ގްލޯބަލް ސޮލިޑަރިޓީ، ޝެއާޑް ރެސްޕޮންސިބިލިޓީ" މިއެވެ.

އެޗްޕީއޭއިން ބުނީ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ އެއް ހަފްތާގައި ރަތް ރިބަން ބޭނުން ކުރަން ހަމަޖެހިފައިވާއިރު، މި ދުވަސް މިފަހަރު ފާހަގަކުރާނީ ވާރޗުއަލް ކޮށް ކަމަށެވެ. އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރަތް ރިބަން ބޭނުންކޮށްގެން މި ދުވަސް ފާހަގަކުރުމަށް އެ އޮތޯރިޓީ އިން ވަނީ އެދިފައެވެ.