ބަންގްލަދޭޝްގައި ހައިސްޕީޑް ރެއިލްވޭ އެއް ގާއިމް ކުރުމަށް ޗައިނާއިން ހުށަހަޅައިފިއެވެ. ޗައިނާއިން ހުށަހަޅާފައި ވަނީ ޗައިނާ ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާއި ދެގައުމުގެ އަމިއްލަ ވިޔަފާރިތައް ގުޅިގެން އިންވެސްޓް ކުރާ މޮޑެލްއެއްގައި މި ހައިސްޕީޑް ރެއިލްއަށް އިންވެސްޓް ކުރާށެވެ. މި އިންވެސްޓްމެންޓް މޮޑެލްއަކީ މިހާތަނަށ ްބަންގްލަދޭޗްގައި މަސައްކަތް ކޯށްފައިވާ މޮޑެލްއެއް ނޫނެވެ.
ޗައިނާއިން ހުށަހަޅާ ހައިސްޕީޑް ރެއިލް އަކީ ޑާކާ އާއި ޗަޓޮގްރާމް އާ ދެމެދު އަޅާ ރެއިލްވޭ އެކެވެ. މިއި ހައި-ސްޕީޑް ރޭލް ނެޓްވޯކެއް އެޅުމަށް އެންމެ ފުރަތަމަ ހުށަހަޅުއްވާފައި ވަނީ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެވެ. އެކަމަނާ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހަޅުއްވާފައި ވަނީ މިއިންވެސްޓްމެންޓް ހޭދަ ބޮޑު ޕްރޮޖެކްޓަށް ބޭރު ގައުމުމުތަކުގެ ސަރުކާރުތަކުންވެސް ބައިވެރިވެ އިންވެސްޓް ކުރާށެވެ.
މި މަޝްރޫއު ތަންފީޒު ކުރުމަށް ބޭނުންވާ 93،35،0.93 ކްރޯޑު ޓާކާއަކީ، މި މަޝްރޫއަށް ބަލާއިރު ހޭދަ ބޮޑު އަދު އާމްދަނީ މަދުން ލިބޭނެ މަޝްރޫއެކެވެ. އެހެންވެ، ބަންގްލަދޭޝްއިން ވަނީ އެ މަޝްރޫއު ގެ މަސައްކަތް ފަހަތަށް ޖައްސާލައިފަ އެވެ. ނަމަވެސް ޑާކާގައި ހުންނަ ޗައިނާ އެމްބެސެޑަރު ވަނީ ބަންގްލަދޭޝްގެ ރެއިލްވޭ މިނިސްޓަރަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ފަހުމުނާމާއެއްގައި ސޮއިކުރެއްވުމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވާފައެވެ.
ޗައިނާގެ މި ހުށަހެޅުން އައިސްފައި މިވަނީ މިފަދަ ބިޔަ އިންވެސްޓްމަންޓް ޕްރޮޖެކްޓެއްގެ ގާބިލްކަމާ މެދު ޓްރާންސްޕޯޓްގެ މަޝްހޫރު ތަޖުރިބާކާރުން ސުވާލު އުފައްދާފައިވާ ދަނޑިވަޅެއްގަ އެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ބަންގްލަދޭޝް ރެއިލްވޭގައި މި ފަދަ މަޝްރޫއެއް ހިންގުމުގެ ގާބިލްކަމެއް ނެތެވެ. އަދި ރެއިލްވޭގެ މިނިސްޓަރު ޑެއިލީ ސްޓާ އަށް ވިދާޅުވެފައި ވަނީ ބޮޑު ޚަރަދެއް މިކަމަށް ހިނގާތީ ސަރުކާރުން އެ މަޝްރޫއު ބާރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.
ބަންގްލަދޭޝްގައި ހައިސްޕީޑް ރޭލް މަޝްރޫއު ތަންފީޒު ކުރަން ފެށުމާއެކު، ނާރަޔަންގަންޖްއާއި ކުމިއްލާއާއި ފެނީ މަގުން ދަތުރުކުރާ ޑާކާ އާއި ޗަޓޮގްރާމް އާ ދެމެދު އޮންނަ 224.64 ކިލޯމީޓަރުގެ ރާސްތާ ގަޑިއެއްހައި އިރުގެ ތެރޭގައި ކަޑައްތު ކުރެވޭނެ އެވެ. މިހާރު މި ދަތުރަށް ހަތް ގަޑި އިރު ނަގައެވެ.
ޑާކާއާއި ޗަޓޮގްރާމް ދެމެދުގެ ހައިވޭއަކީ ބަންގްލަދޭޝަށް އެތެރެވާ ބޭރު ވިޔަފާރީގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް އުފުލަން ބޭނުން ކުރާ ހައިވޭއެވެ.