އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ އަދި ގ.ދ ތިނަދޫ އާއި ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށައިފިއެވެ.
މިކަން ހާމަ ކޮށް ޤައުމީ ޝިޕިންގް ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންގް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖެ އާއި އިންޑިއާގެ ޓުޓިކޮރިން އާއި ދެމެދު ސީދާ ދަތުރުތަށް ފެށި ފުރަތަމަ ކާގޯ ބޯޓު ޓުޓިކޮރިންގ ބަނދަރުން މިހާރު ފުރާފައިވާ ކަމަށެވެ. މިދެމެދު ކުރާ ފުރަތަމަ ކާގޯ ދަތުރަށް ފުރާފައިވަނީ އެމްވީ ބޮންތި 2 ނަމަކަށް ކިޔާ ބޯޓެކެވެ.
އަދި އެކުންފުނި މެދުވެރިކޮށް ކާގޯ ގެނައުމަށް ބުކިންގ ހެދުމަށްވެސް އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ.
މިދަތުރުތަށް ފެށުމާއި ގުޅިގެން ދެކުނުގައި ޤާއިމު ކުރެވިފައިވާ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ބުނެފައި ވަނީ މިދަތުރުތައް ފެށުމާއި އެކު ދެކުނުގެ ރައްޔިތުންނަށް އަތްފޯރާ އަގުގައި މުދާ ލިބިގެން ދާނެ ކަމެއް ކަމަށެވެ. އަދި މިއީ ހިތަދޫ ޕޯޓު ލިމިޓެޑަށާއި ދެކުނުގެ ވިޔަފާރިތަކަށް ލިބޭ ކުރިއެރުމެއް ކަމަށް އެޗްޕީއެލް އިން ވިދާޅުވެއެވެ.
މިކަމާއި ގުޅިގެން އިންޑިއާއިން ބުނެފައި ވަނީ މިއީ ރާއްޖޭގެ ދެކުނާއި އިންޑިއާގެ ދެކުނާއި ގުޅުވާލުން ކަމަށެވެ. އަދި ކޮޗިން އާއި މާލެ އަދި ކުޅުދުއްފުއްޓާ ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފެށިތާ 2 މަސް ދުވަހުގެ ތެރޭ އިތުރު ސަރަހައްދަކަށް ކާގޯ ފެރީގެ ޙިދުމަތް ފެށިފައިވާކަން އިންޑިއާއިން ފާހަގަކޮށްފައި ވެއެވެ.
މީގެ ކުރީން އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާއި ވެސް ވަނީ ކާގޯ ފެރީގެ ޙިދުމަތުން ގުޅުވާލެވިފައެވެ.