މަޝްހޫރު ޓިކްޓޮކް ތަރިއެއް ކަމަށްވާ 19 އަހަރުގެ ކޯޕާ ނޮރިއެގާ، ލޮސް އެންޖަލަސް މޯލް ޕާކިން އޭރިޔާގައި މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭނާ މަރުވުމުގެ ކުރިން އާންމު ކުރި ވީޑިއޯއެއްގައި "ޒުވާން އުމުރުގައި މަރުވެދާނެކަމަށް ދެން ވިސްނަނީ ކާކު" މިހެން ބުނެފައި ވެއެވެ. ޓުވިޓާގައި އާންމު ކުރި މިވީޑިއޯ އަކީ އޭނާ މަރުވުމުގެ ކުޑައިރުކޮޅެއް ކުރިން އާންމުކުރި ވީޑިއޯއެއް ކަމުގައި ނިއުސް ތަކުގައި ވެއެވެ.

ޓިކްޓޮކްގައި 1.7 މިލިޔަނަށްވުރެ މީހުން ފޮލޯ ކުރާ ކޯޕާ މަރުވި ސަބަބެއް އަދި ނޭނގެއެވެ. ކޫޕާ މަރުވިކަން ހާމަކޮށްފައިވާ ނޫސްތަކުގައި މެޑިކަލް އޮފްސަރުންނާ ހަވާލާދީ ބުނެފައިވަނީ އޭނާގެ ހަށިގަނޑުގައި އެއްވެސް ޒަޚަމެއް ފެންނަށް ނެތްކަމަށެވެ. އެހެންކަމުން އޭނާ މަރުވެފައިވާ ސަބަބު އަދި ދެނެ ނުގަނެވެއެވެ.

ކޫޕާ އަކީ އިންސަޓަރގްރާމުގައިވެސް 4 މިލިޔަނަށްވުރެ ގިނަ މީހުން ފޮލޯ ކުރާ ޒުވާނެކެވެ. ކޫޕާވަނީ ފާއިތުވި ހަފުތާގައި ދޭވް ޕޯޓަނީ، ޖޯޝް ރިޗަޑް އަދި ޗިކަން ފްރައީސް ބާޓޯލްސްގެ ބީއެފްއެފް ޝޯގައި މެހުމާނެއްގެ ގޮތުން ބައިވެރިވެފައެވެ.

ކޫޕާ އަކީ ޓިކްޓޮކްގައި ހެއްވާ މަޖާ ވީޑިއޯތަކާއި ގިނަ ފެޝަންތައް ދައްކާ ޒުވާނެކެވެ.