އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، އައްޑޫސިޓީ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޓީމް ބިލްޑިންގް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މޭ 7 އަދި 8، މި ދެ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެކިކަހަލަ ޓީމް ބިލްޑިންގް އިވެންޓުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ޓީމް ބިލްޑިންގް ހުނަރުތައް އަށަގެންނެވުމާއި އަދި ޓީމް ރޫހު ތަރައްގީކޮށް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އައްޑޫސިޓީ އިކްއެޓޯރިއަލް ހޮސްޕިޓަލުގެ 44 ނަރުހުން ބައިވެރިވި ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.

މި ފްރޮގްރާމްގައި، ކިޔަވައިދިނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.