ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މޯލްޑިވެސް ޕޮލިޓެކްނިކްގެ މެދުގައި އެއްބާރުލުން ގާއިމުކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އާރުޑީސީން ބުނީ، މި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ގެ އަސާސީ މަގުސަދަކީ، އާރުޑީސީއާއި ޕޮލިޓެކްނިކްގެ މެދުގައި އެއްބާރުލުން ގާއިމުކުރުން ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ޕޮލިޓެކްނިކުގެ އިމާރާތާއި އިންފާރުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ލޭންޑް ސްކޭޕިންގެ މަސައްކަތްތައް ކުރާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އާރްޑީސީން ބުނީ ދެ އިދާރާއިން ޖޮއިންޓް ފޯސްއެއްގެ ގޮތުގައި މަސައްކަތްކޮށް، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުމާއި، ދަރިވަރުންނާއި އިންސްޓިޓިއުޓްގެ އެހެން ސްޓޭކް ހޯލްޑަރުންނަށް އެކްސެސިބިލިޓީއާއި ރައްކާތެރިކަން އިތުރުކުރުމަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރުންވެސް އެމްއޯޔޫގެ މަގުސަދުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އަދި އިމާރާތާއި އިންފާރުގެ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރުމާއި، ފެންވަރު ރަނގަޅު ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ދެ ފަރާތުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މޯލްޑިވްސް ޕޮލިޓެކްނިކާއި ދެމެދު އެއްބާރުލުން ދިނުނުންވެސް ހިމެނޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.