އިންޑިއާގެ އައިޕީއެލް ކްރިކެޓް މުބާރާތްތައް އސިންތިޒާމު ކުރުމާއި އެއާ ގުޅޭ ހައްގުތައް ގަތުމުގެ ވިޔަފާރިއަކީ އިނިގިރޭސި ޕްރިމިއަރ ލީގް އިންތިޒާމު ކުރުމާއި އޭގެ ހައްގުތައް ގަތުމުގެ ވިޔަފާރިއަށް ވުރެން މާ ފައިދާ ބޮޑު ވިޔަފާރިއެއް ކަމަށް އިންޑިއާގެ ކްރިކެޓް ބޯޑްގެ ރައީސް ސޯވަރް ގަންގޫލީ ވިދާޅުވެއެވެ. އާދީއްތަ ދުވަހު އައިޕީއެލް ޕްރިމިއަރ ލީގްގެ ރައިޓްތައް ގަތުމަށް ހުޅުމާލުމާއެކު ބީލަމުގެ އަގު ވަނީ 5.8 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އެއީ ގާތްގަނޑަކަށް އިންޑިއާގެ 450 ބިލިއަން ރުޕީސްއާ ގާތް ކުރާ އަދަދެކެވެ. އިންޑިއާގެ ކްރިކެޓް ބޯޑުން އަންދާޒާކޮށްފައި އޮތީ ރައިޓްސްގެ ބީލަން 328 ބިލިއަން ރުޕީސް އަށް އަރާނެ ކަމަށެވެ. ނަމަވެސް ހީކުރި ވަރަށް ވުރެން ބީލަން ވާދަވެރިވެ ޚިޔާލީ އަގަކަށް ބަދަލުވެފައި ވެއެވެ.

ގަންގޫލީ ވިދާޅުވާ ގޮތުގައި އިނގިލިޝް ޕްރިމިއަރ ލީގަށް ވުރެން މާ ބޮޑު ފައިދާއެއް އއައިޕީއެލްގައި އޮތް ކަމަށެވެ. މިއީ 2017ގައި އައިޕީއެލްގެ ރައިޓްސް ވިއްކާލި އަގަށް ވުރެން ތިން ގުނަ ބޮޑު އަދަދެކެވެ.

އާދީއްތަ ދުވަހު ބޭއްވި ބީލަމުގައި އެމެޒޮން އިން ވަނީ ބީލަމުން ބޭރުވެގެން ފައެވެ. މިހާރު ބީލަމުގައި ވާދަ ކުރަނީ ރިލައެންސްއާއި ސޮނީއާއި ޑިޒްނީ ކުންފުނިންނެވެ.