ޗައިނާގެ ކޮމިއުނިސްޓް ޕާޓީން އުއުގޫރު މުސްލިމުން ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ސަމާލުކަން އިތުރު ކުރުމަށް ތުރުކީގެ އިސްތަމްބޯލްގައި ދަންނަބޭކަލުންގެ ކޮންފަރެންސެއް ބާއްވައިފިއެވެ.
މި ކޮންފަރެންސްގައި މުސްލިމް ދުނިޔޭގެ މުފައްކިރުންނާއި ދަންނަބޭކަލުންނާއި ބައިވެރިވެ ވަޑައގެންނެވިއެވެ. ސެންޓާ ފޯ އުއިޣުރު ސްޓަޑީޒް (ސީޔޫއެސް) އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިއީ އުއގޫރު މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގާ ނަސްލުތައް ނައްތާލުމުގެ އަމަލުތަކާ ދެކޮޅަށް ބާއްވާފައިވާ ކޮންފަރެންސެކެވެ.
ސެންޓާ ފޯ އުއިޣުރު ސްޓަޑީޒް އަކީ އުއިގޫރު މީހުންނާ ގުޅޭ ސްޓްރެޓީޖިކް ޕޮލިސީ ރެކޮމެންޑޭޝަންތައް އެކުލަވާލާ އީސްޓް ތުރުކިސްތާން/ޝިންޖިއާންގެ ރައްޔިތުންނާ ބެހޭ ގޮތުން އިންޓަރފެއިތު އިދާރާތަކާއި، ގުޅުން ހުރި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ސަރުކާރުތަކަށް ރިސާޗް ރިޕޯޓްތައް ހުށަހަޅާ ސެންޓަރެކެވެ. އުއިޣުރު ދަރިކޮޅުގެ މީހުންނަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ތުރުކީ ދަރިކޮޅުގެ ބައެކެވެ. މި ނަސްލުގެ އަސްލު އޮންނަނީ މެދުތެރޭ އަދި އިރުމަތީ އޭޝިޔާގައެވެ.އެމީހުންގެ އުފަން ސަރަޙައްދަކީ ޗައިނާގެ ޝިންޖިއާން އުއިޣުރު އޮޓޮނޮމަސް ރީޖަން އެވެ.ޝިންޖިއާން އަކީ ޗައިނާގެ ތެރޭގައި އޮންނަ މިނިވަން ސަރަހައްދެކެވެ. އުއިޣުރު މީހުންނަކީ މުސްލިމުންނެވެ. އެމީހުން މެންޑަރިން ބަހުން ވާހަކަ ދައްކަނީ އެމީހުންގެ މާދަރީ ބަހުގެ ގޮތުގައެއް ނޫނެވެ.
ފާއިތުވެދިޔަ ޤަރުނުތަކުގެ ތެރޭގައި ޝިންޖިއާންއަށް އިޤްތިޞާދީ ފުދުންތެރިކަން އައިސްފައިވާއިރު، އޭގެ ސަބަބުން ގިނަ ޢަދަދެއްގެ ހާން ޗައިނީޒް މީހުން ވަނީ ރަނގަޅު ވަޒީފާތަކަށް ވަދެފައެވެ.
މިކަމުގެ ސަބަބުން 2009 ވަނަ އަހަރު އެ ސަރަހައްދުގެ ވެރިރަށް އުރުމްގީގައި ހިނގި ހަމަނުޖެހުންތަކުގައި 200 މީހުން މަރުވިއެވެ.ރިޕޯޓުތައް ބުނާގޮތުން 2016 ވަނަ އަހަރުން ފެށިގެން ޝިންޖިއާންގައި އުއިޣުރު ދަރިކޮޅުގެ މިލިއަނެއްހާ މުސްލިމުން ޗައިނާ ސަރުކާރުން ވަނީ ޝީންޖިއާން ރީއެޑިއުކޭޝަން ކޭމްޕްތަކުގައި ބަންދުކޮށްފައެވެ.މި ރީއެޑިއުކޭޝަން ކޭމްޕްތަކުގެ މައިގަނޑު ބޭނުމަކީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވިސްނުމަށް ތަބާވުމެވެ.ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އުއިގޫރު މީހުން ލައްވައި މަޖުބޫރުން މަސައްކަތް ކުރުވުމާއި، ނިޒާމީ ގޮތެއްގައި ގަދަކަމުން ދަރިމައިވުން ކޮންޓްރޯލް ކުރުމާއި، މީހުންނަށް އަނިޔާ ކުރުމާއި، މައިންބަފައިންނާ ކުޑަކުދިން ވަކިކުރުމުގެ ތުހުމަތު ދުނިޔޭގެ ގައުމުތަކުން ވަނީ ކޮށްފައެވެ.
އެމެރިކާ، ކެނެޑާ އަދި ނެދަލޭންޑްސް ފަދަ ގިނަ ގައުމުތަކަކުން ވަނީ ޗައިނާއިން ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.