ދާދިފަހުން އދގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފާޑު ކިޔުމާ ގުޅިގެން އުފެދިފައިވާ ދެބަސްވުންތަކުގެ ތެރޭގައި، އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު މިޝޭލް ބެކެލެޓް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތި ނުލެއްވުމަށް ނިންމަވާފައެވެ.
އެކަމަނާ ޝީންޖިއާން ޕްރޮވިންސަށް ކުރެއްވި ދަތުރުފުޅުގައި ޝިންޖިއާންގެ މަސްރަހު ރަނގަޅަށް ބައްލަވާ ނުލެއްވި ކަމަށް ތުހުމަތު ކުރެވިފައި ވެއެވެ.
ޓްވިޓާގައި ބެޝެލެޓް ވިދާޅުވީ އަމިއްލަ ސަބަބުތަކަށްޓަކައި ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނޭ ކަމަށެވެ.