ޕާކިސްތާންގައި ސިވިލް ސާވިސްގެ ވަޒީފާއަށް މީހުން ވެއްދުމާއި މަގާމުތައް ދިނުމާއި ބޭރުގެ ވަޒީފާތަކަށް މީހުން ފޮނުވުމުގެ ކުރިން ޕާކިސްތާން ޖާސޫސީ އިދާރާއިން އެމީހެއްގެ ފަސްމަންޒަރު ބެލުމުގެ މަސައްކަތް ޕާކިސްތާން ބިޑު ވަޒީރު ހަވާލު ކުރެއްވުމުން ޕާކިސްތާން ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.
ޕާކިސްތާނުން ޑިމޮކްރެސީއެއްގެ ގޮތުގައި ކުރިއަށް ދާން ބޭނުން ނަމަ މަދަނީ ކަންކަމުގައި ސިފައިންގެ ދައުރު ކުޑަވާން ޖެހޭނެ ކަމަށް ޕާކިސްތާނުގެ ހިއުމަން ރައިޓްސް ކޮމިޝަނާ ހަވާލާދީ އަލް އަރަބިއްޔާ އިން ބުންޏެވެ.ޕާކިސްތާނުގައި ސަރުކާރު ހިންގުމުގައި ޖާސޫސީ އިދާރާއަށް ހުތުރު އަރާފަދަ އެއްވެސް ނިންމުމެއް ނުނިންމެވުމަށް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ނިންމެވުމުން އާންމުން ވަނީ އެކަމަށް ފާޑު ކިޔާފައެވެ. ޕާކިސްތާނުގެ މީޑިއާއަކާ ވާހަކަ ދައްކަވަމުން ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ، ޖާސޫސީ އިދާރާއާއި ސަރުކާރުން ސިވިލް ސާވަންޓުންނާ ބެހޭ ރިޕޯޓްތައް ބަދަލު ކުރަނީ މުހިންމު މަގާމުތަކަށް މީހުން އައްޔަން ކުރުމުގެ ކުރިން ކަމަށެވެ. އަދި މިކަމަކީ ސިވިލްސާވިސްއަށް މީހުން ނެގުމުގެ އަތްމަތީ ފޮތުގައިވެސް ބަޔާން ކޮށްފައިވާނެ ކަމެއް ކަމަށް މަސްއޫލުވެރިއާ ވިދާޅުވިއެވެ.